ޓެސްޓު ކުރުން މަދުކުރުމާއެކު އެމެރިކާގައި ކޮވިޑް ކޭސްތަކުގެ އަދަދު ދަށްވާން ފަށައިފިއެވެ.
އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސްކޫލް އޮފް ޕަބްލިކް ހެލްތުން ހަދާފައިވާ ދިރާސާއަކުން ވަނީ އެގައުމުގައި ކޮވިޑްގެ ހަގީގީ މަންޒަރު ފެންނަމުން ނުދާކަަމަށް ހާމަކޮށްފައެވެ.
އެ ދިރާސާގެ ނަތީޖާގައި ބުނެފައި ވަނީ ޓެސްޓު ކިޓުތައް މަދުވެ ޓެސްޓުކުރާ އަދަދުތައް ދަށް ކުރުމާ ގުޅިގެން އެ ގައުމުގައި ކޮވިޑު ފެތުރިފައިވާ އަސްލު އަދަދު ނޭނގޭނެ ކަމަށް ބުނެފަ އެވެ.
ދިރާސާއިން ހާމަވިގޮތުގައި އެމެރިކާގައި އޭޕްރިލް 18 ވަނަ ދުވަހާ ހަމައަށް ކޮވިޑުގެ 721،789 ކޭސް ރަސްމީ ގޮތުން ނޯޓު ކުރެވިފައި ވީނަމަވެސް، އެތާރީހާ ހަމައަށް އެގައުމުގައި ކޮވިޑްގެ 6.4 މިލިއަން ކޭސް އުޅޭނެއެވެ.
އެމެރިކާގެ ހާލަތާ ބެހޭގޮތުން ޝާއިއު ކޮށްފައިވާ އެހެން ރިޕޯޓެއްގައި ވާގޮތުން އެގައުމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް މަހަކު 200 މިލިއަން ޓެސްޓު ހަދަން ޖެހޭނެއެވެ.
އެމެރިކާއިން މިހާތަނަށް 6.42 މިލިއަން ކޮވިޑް ޕޮޒިޓިވް ކޭސް ފެނިފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ ދެލައްކައާ ގާތްކޮށްފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ