ލިބެން އުޅޭ ދަރިފުޅުގެ ޖިންސު ހާމަކުރުމަށް ބުރުޖް ހަލީފާގައި ބޮޑު ހަރަކާތެއް ބާއްވައިފިއެވެ.
ޔޫއޭއީގައި ދިރިއުޅޭ ދެމަފިރިން ކަމުގައިވާ އަނަސް އާއި އަސަލާ ވަނީ އެދެމަފިރިންގެ ދެވަނަ ދަރިފުޅުގެ ޖިންސު ހާމަކުރުމަށް މުޅިން ތަފާތު ކަމެއް ކޮށްފައެވެ.
އަނަސް އާއި އަސަލާ ބޭނުންވީ އެހެން ބަޔަކު ނުކުރާ އާ ކަމެއް ކުރުމަށެވެ. އެގޮތުން ބުރުޖް ހަލީފާގައި ޑިސްޕްލޭ މެދުވެރިކޮށް ދަރިފުޅުގެ ޖިންސު ހާމަކުރުމަށް ނިންމައި މިހަރަކާތް މީސް މީޑިއާ މެދުވެރިކޮށް ވަގުތުން ދެއްކިއެވެ.
އަނަސް އާއި އަސަލާ ވަނީ އެމީހުންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މިހަރަކާތް އެތައް މިލިއަން ބަޔަކަށް ދައްކައިފައެވެ. ޔޫޓިއުބް މެދުވެރިކޮށް 1.5 މިލިއަން މީހުން އެވީޑިއޯ ބަލާފައިވާއިރު އިންސްޓަގްރާމް މެދުވެރިކޮށް 1.7 މިލިއަން މީހުން އެ ވީޑިއޯ ބަލާފައި ވެއެވެ.
ބުރުޖް ހަލީފާގައި މިހަރަކާތް ބޭއްވުމަށް އަނަސް އާއި އަސަލާ ވަނީ އެއްލައްކަ ޑޮލަރު ހަރަދު ކޮށްފައި ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ