އިންޑިއާ ކުއްޖެއްގެ ބަނޑުން ހަތް ކިލޯ އިސްތަށި ނަގައިފިއެވެ.
އުމުރުން 17 އަހަރުގެ ސްވީޓީ ކުމާރް ނަމަކަށް ކިޔާ އެކުއްޖާގެ ބަނޑުން އިސްތަށިތައް ނަގާފައިވަނީ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ކުރި އޮޕަރޭޝަނެއްގައެވެ.
އެ އިސްތަށިތައް ނަގަން ޑޮކްޓަރުން ހަގަޑި އިރުގެ ދިގު އޮޕަރޭޝަނެއް ކުރާން ޖެހުނެވެ.
ސްވީޓީ ދިރިއުޅޭ އަވަށުގެ އަމިއްލަ ހޮސްޕިޓަލެއްގައި ކުރި އެ އޮޕަރޭޝަންގައި އިސްކޮށް އުޅުނު ޑރ ޖީއެން ސަހު ވަނީ އިންޑިއާގެ މީޑިއާތަކަށް މި އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ޑ ސަހު ވަނީ އޭނާގެ 40 އަހަރުވީ ހިދުމަތުގައި މިވަރުގެ ތަޖުރިބާއެއް ކުރަން މިޖެހުނީ އަލަށް ކަމަށް ފާހަގަކޮށްފައެވެ. ޑޮކްޓަރު ވަނީ ސްވީޓީގެ ގޮހުރުގެ ތެރެއިން ބޮޑު އިސްތަށި ބޮނޑިއެއް ފެނުމުން މިއީ އާދައިގެ އޮޕަރޭޝަނެއް ނޫންކަން ޔަގީން ވި ކަމަށް ބުނެފައެވެ.
މީގެ ތިން އަހަރު ކުރިންވެސް ސްވީޓީގެ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކައި ޓެސްޓުތަކެއް ހަދާފައިކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެފައި ވެއެވެ. އެފަހަރު ޓެސްޓު ތަކުގެ ނަތީޖާ އިން ދައްކާފައިވަނީ އޭނާގެ ބަނޑުގައި ޓިއުމަރެއް ހުރިކަމަށެވެ.
ޑޮކްޓަރުން ވަނީ ސްވީޓީ އެތައް އަހަރެއް ވަންދެން އިސްތަށި ކައިފައި ހުރިކަން ފާހަގަ ކޮށްފައެވެ އަދި އިސްތައްޓަކީ އަވަހަށް ނެތިގެން ދާ އެއްޗަކަށް ނުވުމުން ސްވީޓީގެ ބަނޑުގައި ގިނަވެ ޖަމާވެފައި ހުރީ ކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.
އޮޕަރޭޝަަށް ފަހު ސްވީޓީގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ