ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 84.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުގައެވެ.

އެ ހިސާބުތަކުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 84.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި 170.3 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރު 169.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއަހަރު ލިބިފައިވާ ޖޫރިމަނާގެ މިންވަރު މަދުވެފައިވަނީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުންނެވެ.

ނަމަވެސް ތަފާސްހިސާބަށް ބަލާއިރު، ޖުލައި އެއްވަނަ ދުވަހު މާލެ ސަރަހައްދުގެ ލޮކްޑައުން އުވާލުމާ ގުޅިގެން ސަރުކާރަށް ލިބޭ ޖޫރިމަނާގެ ފައިސާ އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.