އެޕަލްއިން ކޮންމެ އަހަރަކުވެސް ބާއްވާ ހާއްސަ އިވެންޓް މިމަހުގެ 15ގައި އޮންނާނެކަމަށް އެކުންފުނިން ވަނީ އިއުލާން ކޮށްފައެވެ.
އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިއިވެންޓުގައި އެޕަލްގެ އެހެން އިވެންޓުތަކުގައި ތައާރަފު ކުރާ އާ ޕްރޮޑަކްޓްތައް ފެނިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެޕަލް އިން ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު މަހު އާ އައިފޯން ނެރޭއިރު މިއަހަރު އާ އައިފޯނު ތައާރަފުކުރާނެ ކަމާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ އެޕަލް އިން މިއަހަރުގެ އައިފޯން ތައާރަފުކުރާނީ އަހަރުގެ ފަހުކޮޅު ކަމަށެވެ.
ދިރާސާވެރީން ބުނާގޮތުގައި މިއީ އެޕަލް ފަދަ ބޮޑު ކުންފުންޏަކުން އެ ކުންފުނީގެ އާ އުފެއްދުންތައް ނެރޭން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އެހެން ކަމުން އެކަން ކުރާނީ ކޮވިޑުގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން އަހަރުގެ ފަހުކޮޅު ކަމަށް އެމީހުން ލަފާކުރެ އެވެ.
އައިފޯން ނެރޭ ތާރީހު ލަސްވެދާނެކަމަށް ބެލެވޭ ނަމަވެސް އެޕަލް ވޮޗްގެ ސީރީސް 6 އަދި އާ އައިޕެޑް އެއާގެ އިތުރުން އެޕަލްގެ އެހެން ޕްރޮޑަކްޓްތައް އިވެންޓުގައި ފެނިގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ