ރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން 50 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނިތަކުގެ 60 ޕަސެންޓް ދިވެހި މުވައްޒަފުންނަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިގެންނެވެ.
އެބިލުގައި ބުނެފައި ވަނީ 50 މުވައްޒިފުންނަށްވުރެ ގިނައިން މަސައްކަތް ކުރާ ތަންތަނުގައި މުވައްޒިފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަންވާނީ ދިވެހި މުވައްޒިފެއް ކަމަށެވެ.
އެފަދަ ތަންތަނުގެ ސީނިއާ މެނޭޖްމެންޓްގައި 60 ޕަސެންޓް ދިވެހި މުވައްޒިފުން ތިބެންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މީގައި ބުނާ ސީނިއާ މެނޭޖްމެންޓަކީ ކޮބައިކަން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެފަދަ ތަންތަނުގެ މުވައްޒިފުންގެ ޕަސެންޓޭޖު އެގޮތަށް ބަދަލު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން، އެކަންކަމަށް އަމަލުކުރަން ފަށާނީ، މި ގާނޫނަށް އަމަލު ކުރަން ފަށާތާ ލަސްވެގެން ފަސް އަހަރު ދުވަހުގެ މުއްދަތުގައި ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ، އެގޮތަށް، މުވައްޒިފުންގެ ޕަސެންޓޭޖު 60 އަށް ބަދަލު ނުކުރާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު