ބޮލީވުޑްގެ މަޝްހޫރު ބަތަލު އަރުޖުން ކަޕޫރު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

އަރުޖުން އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އަމިއްލަ ގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ކަރަންޓީނު ވެފައިވާ ކަމަށެވެ.

އަރުޖުން ބުނީ ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އަރުޖުން ވަނީ އޭނާގެ ސަޕޯޓަރުންގެ ހެޔޮ ދުއާތަކަށް ޝުކުރު އަދާކޮށްފައެވެ.

އަރުޖުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ދެ ދުވަސްކުރިން މަޝްހޫރު ބަތަލު ހިމާންޝް ކޮލީ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.