ބަންގްލަދޭޝްގެ މިސްކިތެއްގައި ގޭސް ހޮޅިއެއް ގޮވައި 16 މީހުން މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ މިސްކިތެއްގެ އަޑީގައި އަޅާފައި އޮތް މި ގޭސްހޮޅި ގޮވައި ހިނގި މި ހާދިސާގައި އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ހާދިސާ ހިނގާފައިވަނީ ނަމާދުކޮށް ނިމުނު ވަގުތުގައި ކަމަށާއި ގޮވުމާއެކު މިސްކިތުގެ ހަ އެއާކޯނެއް ވެސް ގޮވާފައިވާ ކަމަށެވެ.
ހާދިސާގައި މަރުވި 16 މީހުންގެ ތެރޭގައި ހަތް އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ. އަދި އަނިޔާވި 37 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އެ އެންމެންގެ ހަށިގަނޑުން 90 އިންސައްތަ އަނދާފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ދާކާގެ ފަޔާ ޑިޕާޓްމަންޓުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ މިސްކިތުގައި ނަމާދު ކުރި ވަގުތު ދޮރުތައް ލައްޕާފައިވުމުގެ ސަބަބުން ވައި ބަންދުވެ ލީކުވި ގޭސް މިސްކިތް ތެރެއަށް ފެތުރުމުގެ ސަބަބުން ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ