ކުޅިވަރު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޓީޓީގެ މައި އިދާރާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ދިނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަވެ.
އެ ޓުވީޓުގައި އުޝާމް ވިދާޅުވީ، ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބުތަކާއި ހިންގުމުގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށެވެ.
"ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބުތަކާއި ހިންގުމުގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވުން ހުއްޓާލަން ވެއްޖެ ކުޅިވަރު ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުން،" އުޝާމް ކުރެއްވި ޓުވީޓުގައިވެއެވެ.
ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށް ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ ވަނީ ކޯޓުން ބަލައިވެސް ގަނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު