މ. މެދުފުށި ކައިރީ ފަޅުތެރެއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ މެދުފުށި ކައިރީ ފަރުމަތީގައި ސަލާމަތުން ހުއްޓައި ފެނިފައިވާ ކަމަށާއި އެމްއެންޑީއެފްގެ ލޯންޗަށް އެމީހާ ފެނިފައިވަނީ މިރޭ 8:50 ހާއިރު ކަމަށެވެ. އެމީހާ މ. މުއްޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތިން މީހުންނާއެކު ޑިންގީއެއްގައި މެދުފުށި ކައިރީ ފަޅުތެރެއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މީހަކު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:55 ހާއިރުއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ދިވެއްސެކެވެ.