މިއަހަރުގެ ރޯދަމަހާ ދިމާކޮށް މިފްކޯ އިން ތައާރަފު ކުރި "ފަސްމީރު މިވަރެއްނެތް!" ޕްރޮމޯޝަނުގައި މަސްދަޅު ވިއްކި އަގުގައި މިއަހަރުގެ ނިޔަލަށް މަސްދަޅު ވިއްކަން އެ ކުންފުނިން ނިންމައިފިއެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިވަގުތު މުޅި ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ހާލަތާ ގުޅިގެން ގިނަ ބަޔަކަށް މާލީގޮތުން އަސަރުކުރަމުން ދިއުމާއެކު މިފްކޯއިން މިދަނޑިވަޅު ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަކަމެއްގެ ގޮތުން މަސްދަޅު ކޭސް ޑިސްކައުންޓް އަގުގައި މިއަހަރުގެ ނިޔަލާ ޖެހެންދެން ވިއްކުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.
އެގޮތުން ކުރިން 680 ރުފިޔާއަށް ވިއްކި މިފްކޯގެ 48 ދަޅުގެ ތެޔޮ މަސްދަޅު ކޭސް އަންނަ މަހުވެސް ވިއްކާނީ 640 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އެކުންފުނިން 645 އަށް މިފްކޯ އިން ވިއްކަމުން އައި އެ ކުންފުނީގެ 48 ދަޅުގެ ފެން މަސްދަޅު ކޭސްވެސް މިއަހަރުގެ ނިޔަލަށް ވިއްކާނީ ޕްރޮމޯޝަން އަގު ކަމަށްވާ 595 ރުފިޔާއަށް ކަމަށް މިކްފޯއިން ބުންޏެވެ.
މިފްކޯގެ މަސްދަޅު ކޭހުގެ އިތުރުން އެ ކުންފުނިން ވިއްކާ އެހެން ހުރިހާ ބާވަތްތައް މާލެ އަދި ހުޅުމާލޭގެ މިފްކޯ މަސް ފިހާރަ، މިފްކޯ ސައިޓުތައް، މަސްވެރިންގެ މެރީނާ ޝޮޕް އަދި މިފްކޯ އައިސްޕްލާންޓުތަކުން ގަންނަން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު