މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 58 ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.
ހިއްސާއަކަށް 58 ރުފިޔާ ބަހަން އެސްޓީއޯއިން ފާސްކުރީ، މައިކްރޮސޮޕްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް މިހާރު ކުރިއަށްގެންދާ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވާ އިރު، ޕްރޮކްސީގެ ގޮތުގައި 41 ހިއްސާދާރުން ބައިވެރިވެފައިވެއެވެ.
ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ރަނގަޅު އެއް އަހަރެވެ.
ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 13 އިންސައްތަ އިތުރުވެ، ހިންގުމުގެ ފައިދާ ވަނީ 80 އިންސައްތަ އިތުރު ވެފައެވެ. މުޅި އަހަރު އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ކޮމިޓީ ރިޕޯޓުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު