އިދިކޮޅު ޕީީޕީއެމުން މުޅި ރާއްޖެއަށް ކޮވިޑް 19 ފަތުރަން އުޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ތުހުމަތުކުރައްވައިފި އެވެ.
ރޮޒޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމުން މުޅި ރާއްޖޭގައި ކޮވިޑް 19 ފަތުރަން ފެށި މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށެވެ. ބަޔަކު ސިޔާސީ ބޭނުމަށް ރައްޔިތުން ބަލިމަޑު ކަމެއްގެ ތެރެއަށް ވައްޓާލަން ޖާގަ ދީގެން ނުވާނެ ކަމަށްވެސް ފުލުހުން ޓެކްކޮށް ރޮޒޭނާ ކުރެއްވި މި ޓުވީޓުގައި ވިދާޅުވިއެވެ.
ރޮޒޭނާ މިފަދަ ތުހުމަތެއް ކުރައްވާފައިމިވަނީ ގދ.ތިނަދޫން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވި މީހާއަކީ ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިއެއްކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.
މިކަމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ރޭ ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ ހުކުރު ދުވަހުގެ އިހުތިޖާޖުގައި ބައިވެރިވި މީހެއް ނޫން ކަމަށް ތިނަދޫ ޓީމުން މައުލޫމާތުދޭ ކަމަށާއި ތިނަދޫގައި ވެސް އިހުތިޖާޖު ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް މާސްކު އަޅައިގެން ގައިދުރުކޮށް ތިބެގެން ކަމަށެވެ.
ތިނަދޫން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
އިދިކޮޅުން ހުކުރު ދުވަހު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބޭއްވިއިރު، މާލޭގައި ވަނީ ސައިކަލު ބުރެއް ވެސް ބާއްވައިފައެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް