ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕޮލިސް ލެބަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފިއެވެ.
މެޝިން ހަދިޔާކުރުމަށް ބޭއްވި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ޕީސީއާރު މެޝިން ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ ހުސެއިން އަމްރުއެވެ. އަދި ފުލުހުންގެ ފަރާތުން މި މެޝިނާ ހަވާލުވެވަޑައިގެންނެވީ ހެޑް އޮފް ފޮރިންސިކް ސާވިސަސް ޑައިރެކްޓޮރޭޓް އަބްދުﷲ އަހުމަދެވެ.
އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ހަދިޔާ ކުރި މި ޕީސީއާރު މެޝިނާއެކު ޕޮލިސް ލެބުން ކޮވިޑް 19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރު ވެގެންދާނެއެވެ.
ޕޮލިސް ލެބަކީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރާ ފަތުރުވެރިން ކޮވިޑް 19 އަށް ޓެސްޓުކުރުމަށް ހަމަޖައްސާފައިވާ ލެބްތަކުގެ ތެރެއިން ލެބެކެވެ. އެ މެސިނުން ދުވާލަކު 145 ޓެސްޓު ހެދޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މާލޭގައި ފުލުހުންގެ ލެބުގެ އިތުރުން އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލުން ވެސް ޕީސީއާރު ޓެސްޓުތައް ހަދައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ޕީސީއާރު މެޝިނުތައް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ވެސް ބައެއް ސަރަހައްދުތަކުގައި މެޝިންތައް ބަހައްޓައި، ޓެސްޓުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު