ހޯރަފުށީ އެއާޕޯޓުގައި ފެސެންޖާ ޓާމިނަލްއެއްގެ އިތުރުން ފަޔާ ބިލްޑިންގެއް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ކޮށްފައި ޓުވީޓެއްގައި ބުނީ ހޯރަފުށީ އެއާޕޯޓުގައި ފެސެންޖާ ޓާމިނަލެއްގެ އިތުރުން ފަޔާ ބިލްޑިންގެއް ހެދުމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 16،131،042ރ އަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 80 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމައި ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ.
ހޯރަފުށި
ހޯރަފުށި
ހޯރަފުށި
ހޯރަފުށި