އެފްރިކާއިން ޕޯލިއޯ ނައްތާލިކަން އިއުލާންކޮށްފިއެވެ.
އެފްރިކާގެ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން ބުނީ އެފްރިކާ ސަރަހައްދުގެ 95 އިންސައްތަ މީހުން މިހާރުވަނީ ޕޯލިއޯ އަށް އިމިއުން ވެފައިކަމަށާއި މިއީ އެބައްރުން ޕޯލިއޯ ނައްތާލައިފިކަން ހާމަވާ އެންމެ ބޮޑު އެއް ހެކި ކަމަށެވެ.
އެފްރިކާގައި އެންމެ ފަހުން ޕޯލިއޯ ފެތުރެމުން ގޮސްފައިވަނީ ނައިޖީރިއާގައެވެ. އެބައްރުން މިއަހަރު ވަނީ 177 ޕޯލިއޯ ކޭސް ފެނިފައެވެ.
އެފްރިކާގައިވަނީ ޕޯލިއޯ ނައްތައިލުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ގައުމުގެ ބޮޑު އާބާދީއަކަށް ޕޯލިއޯ ވެކްސިން ވަނީ ފޯރުކޮށްދީފައެވެ.
ދުނިޔޭގައި ޕޯލިއޯ މިހާރު ފެންނަމުންދާ ހަމަ އެކަނި ދެގައުމަކީ އަފްޣާނިސްތާނާއި ޕާކިސްތާން އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ