އެމްޑަބްލިޔުއެސްސީގެ މެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "1ހާސް 1ހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރިން ހޮވައިފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، "1ހާސް 1ހާސް" ޕްރޮމޯޝަންގެ ފުރަތަމަ ދެ ހަފުތާގެ ނަސީބުވެރި 20 ފަރާތެއް ހޮވާފައިވާ ކަމަށާއި ކޮންމެ ނަސީބުވެރިޔަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދީފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ ނަންބަރާއި އެކައުންޓް ނަންބަރު ވަނީ އެމްޑަބްލިޔުއެސްސީގެ ޓުވީޓެއްގައި ހިމަނައިފަ އެވެ.
އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެން ބިލަކަށް ފައިސާ ދައްކައި ހާލާސްކުރާ ކޮންމެ ފަރާތަކަށާއި ވަކި މަސް ތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަމުން އަންނަ ފަރާތްތަކުގެ ތެރެއިން، މުއްދަތު ހަމަވެފައިވާ ހުރިހާ ބިލަކަށް ފައިސާ ދައްކާ ފަރާތްތަކަށެވެ.
އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު 10 ނަސީބުވެރިން ހޮވާނެ އެވެ.
"1ހާސް 1ހާސް" ޕްރޮމޯޝަންގެ މުއްދަތުގައި އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް، އޮންލައިން ޕޯޓަލް، ޗެކު ނުވަތަ ނަގުދު ފައިސާ އިން ބިލު ދައްކާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވިގެން އިނާމު ލިބޭނީ ފެން މީޓަރެއް އެވަގުތު ބޭނުންކޮށް އެއަށް ބިލު ދައްކަމުން އަންނަ ފަރާތްތަކަށެވެ. ގުރުއަތުގައި ހިމެނޭނެ ފޯނު ނަންބަރަކީ އެޕް ނުވަތަ ޕޯޓަލްގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރެވެ. އަދި ކައުންޓަރު މެދުވެރިކޮށް ފައިސާ ދައްކާ ނަމަ އެވަގުތު ކައުންޓަރަށް ދޭ ނަންބަރު ކަަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި ޕްރޮމޯޝަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކ. މާފުށްޓާއި ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމުރުންނަށް އަމާޒުކޮށް ކުރިޔަށްގެންދާ ޕްރޮމޯޝަނެކެވެ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ