ބްލެކްބެރީ އަނެއްކާވެސް މާކެޓަށް ތައާރަފުކޮށް އާފޯނު އަންނަ އަހަރު ނެރޭނެ ކަމުގެ އުފާވެރި ހަބަރު ދީފިއެވެ.
ބްލެކްބެރީ އިން އަނެއްކާވެސް އެކުންފުނީގެ ލައިސެންސް އާކޮށްފައިވާއިރު އެކުންފުނިން ވަނީ އާ ފޯނު ނެރޭ އިރު އެ ފޯނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ބުނެފައެވެ.
ބްލެކްބެރީ އިން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނެރުމަށް ތައްޔާރުވަމުން އަންނަ ފޯނުގައި 5ޖީ ޓެކްނޮލޮޖީ ހިމެނޭނެ ކަމަށާއި އާފޯނުގައި ކްވާޓީ ކީބޯޑެއް ހިމެނޭނެ ކަމަށްވެސް އެކުންފުނިން ބުނެެވެ. މި ކީބޯޑަކީ ބްލެކްބެރީގެ އެހެން ފޯނުތަކުގައި ހުންނަ ގޮތަށް ފިތްތައް ހުންނަ ކީބޯޑެއްކަމުގައި ވެސް ބްލެކްބެރީ އިން ވަނީ ބުނެފައެވެ.
ބްލެކްބެރީގެ އާފޯނުގެ އޯއެސް ގެ ގޮތުގައި ހިމެނެނީ އެންޑްރޮއިޑް އޯއެސް ކަމަށް މިހާތަނަށް އަންމު ކޮށްފައިވާ މައުލޫމާތުގައި ބްލެކްބެރީން ބުނެފައި ވެއެވެ.
ބްލެކްބެރީ އަކީ ދުނިޔޭގެ ސްމާޓް ފޯނުގެ މާކެޓުގައި ވަރަށް މަޝްހޫރުވި ބްރޭންޑެކެވެ. 2012 ވަނަ އަހަރު އެކުންފުނިން އުފެއްދި ފޯނުތައް ބާޒާރުގައި ރަސްކަން ކޮށްފައިވެއެވެ. ބްލެކްބެރީ ބޭނުންކުރާ 80 މިލިއަން މީހުން އޭރު ތިބިކަމަށް އެކުންފުނިން ބުނެއެވެ.
ބްލެކްބެރީ މީހުންގެ މެދުގައި މަޝްހޫރުވެފައި ވަނީ އޭގެ ތަފާތު ޑިޒައިންގެ ސަބަބުންނާއި ސެކިއުރިޓީ ވަރުގަދަ ކަމުންނެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ