މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަން ކުރުމަށް ޓަކައި ފަސްބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި އަށް ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ ތަޅުމުގައި އެ ނަންތައް އިއުލާން ކުރެއްވުމަށްފަހު، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
ކޮމިޓީން އެބޭފުޅުންގެ ނަންތައް ދިރާސާކޮށް، އެބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ވަކިވަކިން ވޯޓަށް އެހުމުން އެބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންގެ ނަން މީރާގެ ބޯޑަށް އައްޔަންކުރަން ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރިއެވެ.
- މުމްތާޒު އަބްދުއްރަޝީދު، މުރިނގު ހދ.ހަނިމާދޫ
- ލީނާ މުހައްމަދު ޒާހިރު ހުސެއިން، ހ.ނީލްވިލާ
- ހުޝާމް ވަހީދު، ގ.މާލެހިޔާ 2 30-15
- އަލީ އިރުފާން، ޑޭލައިޓްވިލާ ސ. މަރަދޫފޭދޫ
- އާއިޝަތު އަޝާ އަލީ، ހ.އީސްޓްވާޑް
މި ފަސް ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަންކުރާ ހަތަރު ބޭފުޅުން ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)