ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ ތާއީދާއި އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޓުވީޓެއް ކުރައްވައި މިއަދު ވިދާޅުވީ "ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް،" ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ މިނިސްޓަރު ޝާހިދަށް ސާބަސް ވެސް ދެއްވައިފަވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމަށް 11 މެންބަރުންގެ ސޮޔާއެކު މައްސަލަ މަޖިލީހަށް ވައްދަން ނިންމާވައި އެކަން އިއުލާން ކުރައްވައިފައެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ވޯޓް ނަގާ ގަރާރެއް ވަންދަން ބޭނުން ވަނީ 10 މެންބަރުންގެ ސޮޔެވެ.
މިކަމާ ގުޅިގެން "ވަން"އިން އަބްދުﷲ ޖާބިރަށް ގުޅަން ކުރި މަސައްކަތް ވަނީ ފޯނު ނުނަންގަވާތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޖާބިރު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާއި އެ ޒިންމާ ޝާހިދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު