މަސްވެރިން މަރާލުމުގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން ޔޫއޭއީގެ ބޯޓެއް ހިފަހައްޓައިފިއެވެ.

އިރާނުގެ ކަނޑުގައި ގަވާއިދާ ހިލާފަށް އުޅޭކަމަށް ބުނެ އިރާނުގެ ބެލުމުގެ ދަށަށް ބޯޓު ގެންގޮސްފައިވާއިރު އެބޯޓުން ދަތުރުކުރި އެންމެން ވެސް އިރާނުން ވަނީ ހައްޔަރުކޮށްފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ޔޫއޭއީގެ ކޯސްޓް ގާޑުން އިރާނުގެ މަސްވެރިންތަކަކަށް ބަޑިން ހަމަލާދީ ދެ މަސްވެރިޔަކު މަރާލާފައިވާކަމަށް ތުހުމަތު ކޮށްފައެވެ.

ޔޫއޭއީ އިން ވަނީ އީރާނުގެ މަސްވެރިންނަށް ހަމަލާ ދެވުނީ އޮޅުމަކުން ކަމަށް ބުނެ އިރާނަށް ސިޓީއެއް ފޮނުވައިފައެވެ. އެސިޓީ ގައި ޔޫއޭއީ އިން ވަނީ މަސްވެރިންތަކެއް މަރުވެފައިވާތީ އެކަމުގެ ބަދަލު ދޭނެކަމަށްވެސް ބުނެފައެވެ.

އިރާނުން ނެރެފައިވާ ބަޔާނެގައި ވަނީ އީރާނުގެ ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ގެއްލުމެއް ދީފިނަމަ އީރާނުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.