މޮރިޝަސްގެ ފަރަށް އެރި ބޯޓު ދެބުރިވެއްޖެއެވެ.
މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު މޮރިޝަސްގެ ފަރަށް އަރާފައިވާ އެމްވީ ވަކަޝީއޯ ގައި 4000 ޓަނުގެ ތެޔޮ ހުރިކަމަށް ބޯޓުގެ ވެރިފަރާތުން ވަނީ ބުނެފައެވެ
ބޯޓު ފަރަށް އަރައި ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުން ގިނަ އަދަދެއްގެ ތެޔޮ ބޭރުވެ އެގައުމުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.
މޮރިޝަސް އިން ވަނީ ބޯޓު ފަރަށް އެރުމާއެކު ފައިބަމުން ދިޔަ ތެޔޮ ހުއްޓުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބޯޓުގައި ހުރި 4000 ޓަނުގެ ތެލުގެ ތެރެއިން 3000 ޓަނުގެ ތެޔޮ ވަނީ ނަގައިފައެވެ.
ބޯޓު ދެބުރިވެގެން ދިޔަ އިރު 90 ޓަނުގެ ތެޔޮ ހުރިކަމަށް އެގައުމުގެ ކޯސްޓްގާޑުން ވަނީ ބުނެފައެވެ.
މޮރިޝަސް އިން ވަނީ ތަހުގީގަށްފަހު ތެޔޮ ފޭބުމާއި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެކަމަށް ބުނެފައެވެ.