ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަތީ ތައުލީމްގެ ފުރުސަތުތަކަށް މިހާތަނަށް 341 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަތީ ތައުލީމާ ބެހޭ އެކިއެކި ފުރުސަތުތަކަށް އެވަރު ހަރަދުވެފައިވާ އިރު، އޭގެ ތެރެއިން ހިލޭ ޑިގްރީ ކިޔަވައިދިނުމުގެ ޕްރޮގްރާމަށް 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އެ ފުރުސަތުގައި، 6،155 ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ހަޔާ އެޑީއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިހާތަނަށް 205.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ އިރު، ސްޓޫޑެންޓް ލޯނުން 763 ދަރިވަރަކަށާއިި 272 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓްރީިން ބުނެފައިވަނީ ދިވެހިންނަކީ ތައުލީމީގޮތުން ކުރިއަރާފައިވާ ގާބިލު ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ބަޖެޓުގެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައިވަނީ ވެސް މި ސަބަބަށްޓަކައި،" މިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް، މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮވިޑުގެ މި ހާލަތުގައި ވެސް ބައެއް ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ވަނީ ހަވާލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު