ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީވެސް ކޮވިޑް 19 އާ ގުޅިގެން ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް މިއަދު ހާޒިރުކޮށް، ކޮވިޑާ ގުޅިގެން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ނަޝީދު ވިދާޅުވީ، ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު މެންބަރުން މަސައްކަތް ނުކުރި ނަމަ، ދައުލަތުގެ ހިންގުމުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާނެ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، މެންބަރުންނަށް ފްރަންޓްލައިން އެލަވަންސް ހައްގު ނަމަވެސް މެންބަރުން އިހުތިޔާރު ކުރީ މުސާރައިން އުނިކުރަން ކަމަށެވެ.
"މަޖިލީހުގެ މެންބަރުން ހޯއްދެވީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވައިގެން ފްރަންޓްލައިިން އެލަވަންސެއް ނޫން. އޭގެ ބަދަލުގައި މުސާރައިން އުނި ކުރެއްވީ." ނަޝީދު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމާފައިވާ އިރު، މިހާތަނަށް
ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު