ދިރާގު ޓީވީ އަށް އެޕްލައި ކޮށްގެން ޖޯއިބޮކްސް އަދި ދެމަހުގެ މަހުފީ މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑިކޯޑަރު) އަދި ދެމަހުގެ މަހުފީ މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
އެގޮތުން މި ޕްރޮމޯޝަނަކީ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
ދިރާގުން މި ޕްރޮމޯޝަން ތައާރަފު ކޮށްފައި މިވަނީ ދިރާގު ޓީވީއަށް "ސްޓާ" ނެޓްވޯކްގެ ޗެނަލްތައް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ސްޓާ ނެޓްވޯކުގެ ބެލުންތެރިންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި ކޮންޓެންޓް ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ރާއްޖޭގެ %73 ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް އެކުންފުނީން ބުނެއެވެ. މީގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ތައާރަފްކޮށްފައިވާކަމަށް ދިރާގުން ފާހަގަ ކުރެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު