އައްޑޫ ސިޓީ ހިތަދޫގައި ކަރަންޓީނުގައި ހުރި ދިވެހި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ ސިޓީ ހިތަދޫއިން ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޓެސްޓު ކުރި 58 އަހަރުގެ ދިވެހި އަންހެނަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިއަދު ވަނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިއެވެ. ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ވަނީ ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކުވެސް ޕޮޒިޓިވެފައެވެ. ޕޮޒިޓިވްވީ އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ހިތަދޫގެ އިތުރުން އައްޑޫ ސިޓީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި 38 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްކަން ވެސް އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލުންނެވެ. ނަމަވެސް ފޭދޫ މޮނީޓަރިންގެ ހާލަތަށް ގެންނަން ނިންމާފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.