މިއަހަރު ފެބްރުއަރީ މަހު މެލޭޝިޔާގެ ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާދެއްވި މަހާތީރު މުހައްމަދު އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފައިވާކަން އިއުލާނު ކުރައްވައިފިއެވެ.

ސިންގަޕޫރުގެ ނޫހެއް ކަމަށްވާ ސީއެންއޭ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މުޅިން އާ ޕާޓީއެއް އުފައްދަވަން ނިންމަވައި މަހާތީރު އެކަން އިއުލާނު ކުރެއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން މި ޕާޓީއަށް ކިޔާނެ ވަކި ނަމެއް އަދި ކަނޑައަޅައިފައި ނުވާ ކަމަށް މަހާތީރު ވިދާޅުވި އެވެ. އަލަށް އުފެއްދުމަށް ނިންމާފައިވާ މި ޕާޓީ އަކީ މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަން ޕެރިކަތާން ނެޝަނަލް (ޕީއެން) އަދި އިދިކޮޅު ކޯލިޝަން ޕަކަތާން ހަރަޕަން (ޕީއެޗް) އާއި އެއްވެސް ގުޅުމެއް ނެތް ޕާޓީއެއް ކަމަށް މަހާތީރު ވިދާޅުވި އެވެ.

މަހާތިީރު މިކަން އިއުލާނު ކުރެއްވިއިރު، މަހާތީރު އިސްވެ ހުންނަވައި 2016 ވަނަ އަހަރު އުފެއްދެވި މެލޭޝިއަން ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ (ޕާޓީ ޕްރިބުމީ ބެރުސާތު މެލޭޝިއާ) އިން މިދިޔަ އަހަރު އޭނާ ބޭރުކޮށްލި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފައިވަނީ ހުކުރު ދުވަހު ހެނދުނު އެވެ.

އަލަށް އުފެއްދުމަށް ނިންމައިފައިވާ ޕާޓީގެ މައިގަނޑު އެޖެންޑާއަކީ ގުޑް ގަވާނެންސް އަށް މަސައްކަތް ކުރުމާއެކު ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން މަސައްކަތްކުރުމުގެ އިތުރުން ވަކިބަޔަކު އަދުލު އިންސާފުން އިސްތިސްނާ ނުވެ އެންމެނަށްވެސް ހަމަހަމަ ފުރުސަތު ދިނުމަށް ކަމަށް މަހާތީރު ވިދާޅުވިއެވެ.