މިނިސްޓްރީ އޮފް ސައިންސް އެން ޓެކްނޮލިޖީގެ އޮފީސް މަރާމާތު ކުރުމުގެ މަަސައްކަތަކީ ބަޖެޓް ކުރެވިގެން އޮޑިޓަށް ފެތޭ އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށްދާ ކަމެއް ކަމަށް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސައިންސް އެން ޓެކްނޮލިޖީގައި ހުންނަ މިނިސްޓަރު މަލީހު ޖަމާލުގެ ކޮޓަރި ކޮޅު އެމެރިކާގެ ރައީސް އޮފީސް ކަމަށްވާ ވައިޓް ހައުސްގެ އޯވަލް އޮފީހާ ވައްތަރު ކުރުމަށް ބޮޑު ހަރަދުތަކެއް ކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން އެކަން އޮޅުން ފިލުއްވައިދެއްވުމަށް ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު މަލީހު ވިދާޅުވީ، އޮފީސް މަރާމާތު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތަކީ ސިއްރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ ގޮނޑެއް ގޮތަށް އޮތް ސަރުކާރުގެ އޮފީހެއް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގެ ހުރިހާ ކަމެއް ތުނޑުން ތުނޑަށް ހާމަ ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބައެއް މީޑިއާތަކުން ބުނެފައިވަނީ މިނިސްޓަރު މަލީހުގެ ކޮޓަރިކޮޅު އޯވަލް އޮފީހާ އެއްގޮތް ކުރުމަށްޓަކައި ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށާއި ފާރުތަކުގައި ހުދުކުލައިގެ ވަކަރު ޕެނަލް ހަރުކޮށްފައި އަގު ބޮޑެތި ވޯލް ޕޭޕަރާއި ދޮރު ފޮތިތަކާއި ކާޕެޓުން ޒީނަތްތެރި ކޮށްފައިވާ ކަމަށެވެ. އެ ތަކެތި ގެނަސްފައިވަނީ ރާއްޖޭން ބޭރުން ކަމަށްވެސް ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މަލީހު ވިދާޅުވީ "ގޮނޑެއް ގޮތަށް އޮތް ސަރުކާރުގެ އޮފީސް މަރާމާތު ކުރުން މިއަދުވެސް ކުރިއަށް ދިޔަ. މިއީ ސިއްރުން ކުރާ ކަމެއް ނޫން. ބަޖެޓް ކުރެވިގެން އޮޑިޓަށް ފެތޭ ދެފުށް ފެންނަ ގޮތަށް ކުރިއަށްދާ ކަންކަން. ހުރިހާ ކަމެއް ތުނޑުން ތުނޑަށް ހާމަ ކުރެވޭނެ،" ކަމަށެވެ.
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް