އެއާއިންޑިއާ އެކްސްޕްރެސްގެ ފުލައިޓެއް ރަންވޭއިނ ކަހާލައި ވެއްޓި ދެބުރިވެއްޖެއެވެ.
191 ފަސިންޖަރުންނާއެކު ދުބާއީ އިން ކެރެލާގެ ކޮޒިކޮޑެ އެއާޕޯޓަށް ޖެއްސި ފުލައިޓު ރަންވޭ މަތިން ކަހާލި ވަގުތު ބޯކޮށް ވާރޭ ވެހޭ ކަމަށް އެއާޕޯޓުގެ އޮފިޝަލުން ވިދާޅުވެއެވެ.
ރަންވޭ މަތީގައި ދެބުރި ވެފައިވާ ފުލައިޓުގެ ކުދި ކުދި ބައިތަކެއް ރަންވޭގެ އެކި ހިސާބުތަކުގައި ހުރި ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާގައި ފުލައިޓުގައި އެއްވެސް ވަރަކަށް އަލިފާން ހިފައިފައިވާ މަންޒަރެއް ނުފެނެއެވެ.
މިހާތަނަށް މި ފުލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވި ކަމެއް ހާމަކޮށްފައިނުވާ އިރު ރެސްކިއު ޓީމުތައް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
އެއާއިންޑިއާ އެކްސްޕްރެސް ފްލައިޓު އައި އެކްސް 1344 އިން ދަތުރުކުރީ ޖުމްލަ ކިތައް މީހުންކަމެއް ހާމަކޮށްފައި ނުވާއިރު ބައެއް މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ