ސްރީލަންކާގައި އިއްޔެ ބޭއްވި އާންމު އިންތިހާބު ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ކުރި ހޯދައި ކާމިޔާބުކޮށްފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ހާމަވެފައިވާ ގޮތުގައި މިހާތަނަށް 218 ގޮނޑިއެއްގެ ނަތީޖާ ސާފުވެ އޭގެ ތެރެއިން 145 ގޮނޑި ކާމިޔާބުކޮށްފައިވަނީ ރާޖަޕަކްސަގެ އެސްއެލްޕީޕީއިންނެވެ. ރިޔާސީ އިންތިހާބުގައި ގޯޓާބަޔައާ ވާދަކުރެއްވި ސަޖިތު ޕްރޭމަދާސަގެ ޔުނައިޓެޑް ޕީޕަލްސް ފްރޮންޓަށް ލިބިފައިވަނީ 52 ގޮނޑިއެވެ.
ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވިއެވެ. ކޮވިޑްގެ ސަބަބުން ދެ ފަހަރަށް މި އިންތިހާބު ވަނީ ފަސްކޮށްފައެވެ.
ލަންކާގެ ޕާލަމެންޓްގައި 225 މެމްބަރުން ތިއްބަވައެވެ. ޕާލަމެންޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭނީ 150 އަށްވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކަށެވެ.
އެ އިންތިހާބުގައި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަށް އެންމެ ގޮނޑިއެއްވެސް ލިބިފައެއް ނުވެއެވެ.
މިހާތަނަށް ގުނި ވޯޓުން ގޮތަބަޔާ އާއި ރާޖަަޕަކްސަގެ ދެބެންގެ ވެރިކަން ކުރާ ޕާޓީ އެސްއެލްޕީ ކާމިޔާބު ހޯއްދަވާފާއިވާ އިރު، އެ ދެ ބޭފުޅުންގެ އަމާޒަކީ ލަންކާގެ ގާނޫނު އަސާސީއަށް ބަދަލުތައް ގެނެވޭނެ ވަރަށް ވެރިކަން ކުރާ ޕާޓީއަށް ގޮނޑިތައް ހޯއްދެވުމެވެ.
އެ ދެބޭފުޅުންގެ ޕާޓީން އިންތިހާބު ކާމިޔާބުކުރުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ދަންނަވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ