ވެލިގާގެ ފިހާރަތަކުގެ ވައިބާ ކޮމިއުނިޓީއަށް ވަދެގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަން ފަށައިފިއެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލް ޕްލެޓްފޯމެއް ކަމުގައިވާ ވައިބާގައި ހަދާފައިވާ ވެލިގާ ފިހާރަތަކުގެ ކޮމިއުނިޓީތަކުން ކޮމިއުނިޓީއަކަށް ވެދެގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ވެލިގާއިން ބުނެއެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ވެލިގާގެ ކޮންމެ ފިހާރައަކުން ތިން ނަސީބުވެރިން އަދި ބްލަންކް ފިހާރައިގެ ކޮމިއުނިޓީން ފަސް ނަސީބުވެރިން ހޮވާނެއެވެ. ނަސީބުވެރި ކޮންމެ ފަރާތަކަށް 1500 ރުފިޔާގެ ގިފްޓް ވައުޗަރެއް ހަވާލު ކުރެވޭއިރު ނަސީބުވެރި ފަރާތްތަކަށް މި ވައުޗަރު ބޭނުންކޮށްގެން ވެލިގާގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެއެވެ.
ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިރުފާން އަބްދުﷲ ވިދާޅުވީ، ވައިބާ ޕްރޮމޯޝަންގެ އަމާޒަކީ ފިހާރައަށް މީހުން އައުން މަދުކޮށް އޮންލައިންކޮށް މުދާ އޯޑަރު ކުރުމަށް ބާރު އެޅުން ކަމަށެވެ.
"ކޮވިޑާ ގުޅިގެންް އާންމުކޮށް ވިޔަފާރިކޮށް އުޅޭ ގޮތަށް މިވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި. ފިހާރައަށް އައިސް މުދާ ބަލައި މުދަލުގެ މައުލޫމާތު ހޯދުން މިހާރު އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެންވެ ކަސްޓަމަރުނާއި އަޅުގަނޑުމެންގެ ޓީމުގެވެސް ރައްކާތެރިކަމަށް އަޅުގަނޑުމެން މި އެދެނީ ފިހާރައަށް ނައިސް ފޯނު މެދުވެރިކޮށް މި ހިދުމަތްތަކުގެ ބޭނުން ކުރުމަށް. ވައިބާ ގައި މި ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީވެސް ކަސްޓަމަރުން ފިހާރައަށް އައުން މަދުކޮށް، ފޯނު މެދުވެރިކޮށް މުދާ އޯޑަރު ކުރުމަށް ބާރު އެޅުން." އިރުފާން ވިދާޅުވިއެވެ.
ވެލިގާގެ ވައިބާ ކޮމިޔުނީސް:
ވެލިގާ ހާޑްވެއާރ 1 (މާފަންނު) http://ow.ly/llBe50AzNjl
ވެލިގާ ހާޑްވެއާރ 2 (ޖަނަވަރީ މަގު) http://ow.ly/N2bu50AzNji
ވެލިގާ ހާޑްވެއާރ 3 (ބާޒާރު) http://ow.ly/pUmw50AzNjj
ވެލިގާ ހާޑްވެއާރ 4 (މަޖީދީ މަގު) http://ow.ly/4gB350AzNjp
ވެލިގާ ހާޑްވެއާރ 5 (ހުޅުމާލެ) http://ow.ly/XIpF50AzNjs
ބްލަންކް (މާލެ، ހުޅުމާލެ) http://ow.ly/J4Vz50AzNjo
ވެލިގާގެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އިރުފާއު އަބްދުﷲ، 9993411 ނުވަތަ ހުސައިން ފިރުޝާން، 9658262 އަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް ވެލިގާއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު