ސްޕޭސް އެކްސްގެ ފަޅުވެރިން އަނބުރާ ދުނިޔެއަށް އަތުވެއްޖެއެވެ.
ސްޕޭސް އެކްސްގެ ކެޕްސޫލް ރައްކާތެރިކަމާއެކު ދެ ފަޅުވެރިންނާއެކު ތިރިކޮށްފައިވަނީ މެކްސިކޯގެ ދެކުނު ކަނޑަށެވެ.
ކެޕްސޫލް ތިރިކޮށްފައިވަނީ ވައިކުޑައިގެ އެހީގައެވެ. ސްޕޭސް އެކްސްގެ ކެޕްސޫލް ކަނޑަށް ތިރިކުރުމާއެކު އެސަރަހައްދުގެ އާންމުންގެ ބޮޓުތައް ކެޕްސޫލްގެ ކައިރިޔަށް ވަނީ ގޮސްފައެވެ.
ނާސާއިން ވަނީ އެހިސާބުގަނޑުގެ ގިނަ ބަޔަކު ކުދި ބޯޓުފަހަރުގައި ކެޕްސޫލް ކައިރިޔަށް ދިއުމަކީ ނުރައްކާތެރިކަމެއްކަމުގައި ބުނެފައެވެ. ކެޕްސޫލްއިން ނުރައްކާތެރި ރޭޑިއޭޝަންގެ އަސަރު ކޮށްފާނެކަމަށް ނާސާއިން ބުނެފައި ވެއެވެ.
ސްޕޭސް އެކްސްގެ ސީއީއޯ އެލެން މަސްކް ވަނީ މިއީ މުޅި ދުނިޔެއަށް ލިބުނު ކާމިޔާބެއް ކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ޖައްވީ މިޝަންތަކުގެ ކުޅަދާނަކަން މިކަމުން ފެނިގެން ގޮސްފިކަމަށް އެލެން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ