ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕްގެ ރޭގެ މެޗުތައް އީ ފައިޓާސް އާއި އެވިލް ކާމިޔާބު ކުރި އިރު ޓީއެލް އާއި އަނދަރާމަތި އެއްވަރުވެއްޖެއެވެ.
މިމަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އަނދަރާމަތި ޓީމާއި ޓީއެލްއެވެ. މި މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަނދަރާމަތި ޓީމުގެ ރިލްވާން ރިޒާމެވެ.
ރޭގެ ދެވަނަ މެޗުގައި އީ ފައިޓާސް އާއި ޓިމްބާވޫލްވްސް ބައްދަލު ކުރި މެޗު 2-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ފައިޓާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފައިޓާސްގެ ނަފީސް އަލީއެވެ.
ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އެވިލް އާއި ލަޔަންސްއެވެ. އެވިލް އިން މެޗު ކާމިޔާބުކުރީ 1-0ގެ ހަނި ތަފާތަކުންނެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެވިލްގެ އާޒިމެވެ.
މިއަހަރު 10 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް