ވިޔަފާރި

ކުކުޅު ފިހާރައިގެ "ބޮޑު އީދު، ބޮޑު ހަދިޔާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

މަރިޔަމް ޝަހުދާ

ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތަކާއި ފިނިކުރި އިތުރު ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑުއީދާ ދިމާކޮށް ކުރިއަށް ގެންދިޔަ "ބޮޑު އީދު ބޮޑު ހަދިޔާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ކުކުޅު ފިހާރައިގެ މާކެޓިންގް މެނޭޖަރު މުހައްމަދު ނަޝާތު "ވަން" އަށް ވިދާޅުވީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ ރޭގައި ކަމަށާއި އޭނާއަށް މާދަމާގެ ވަގުތެއްގައި އިނާމު ހަވާލު ކުރާނެ ކަމަށެވެ.

"ބޮޑު އީދު ބޮޑު ހަދިޔާ"ގެ އިތުރުން ވެސް މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ކުކުޅު ފިހާރައިން ވަނީ އިތުރު ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެ ފިހާރައިން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި ގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ކުކުޅު ފިހާރަ އިން ވަނީ ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ތައާރަފު ކޮށްފަ އެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9986575 ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.