އައްޑޫސިޓީއަށް އުދައެރުމުގެ ތެރޭގައި އިތުރު ރަށެއް އުފެދިއްޖެއެވެ.
އެރަށް އުފެދިފައިވަނީ، އައްޑޫ ސިޓީ މީދޫ ފުއްޓަރު ފަރާތުގައެވެ.
އުދަ އެރުމުގެ ސަބަބުން އެތަނުގައި ކުޑަ ރަށެއް އުފެދިފައިވާކަން އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ޔަގީން ކޮށްދެއްވައިފައެވެ. ރޮޒެއިނާ ވިދާޅުވީ، އައްޑޫ ސިޓީއަށް އުދަ އަރައިގެން އުޅުމުގެ ތެރޭގައި މީދޫ ކައިރިން އާ ރަށެއް އުފެދިފައިވާ ކަމަށެވެ.
އެރަށް އުފެދިފައިވަނީ، 3000 ފޫޓު ދިގު، 30 ފޫޓު ފުޅާ މިނުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އައްޑޫގެ ތިމާވެއްޓަށް މަސައްކަތްކުރާ، ނަލަފެހި ޖަމިއްޔާއިން އެރަށަށް ގޮސް އެތަނުގައި ރުއްޖަހައި ބައެއް ކަހަލަ އޮއް އިންދާފައިވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ މިރަށަށް މީދޫ ރައްޔިތުން "ގައުހެރެ"ގެ ނަމުން ކިޔައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު