މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 152 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ދިރާގުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 49 ޕަސެންޓް ދަށް ވެ، 152 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.
ދިރާގުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ހިދުމަތްތަކުން 451 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 318 މިލިއަން ރުފިޔާ އެވެ. މިއީ 133 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އޭގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 260 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނަ ކުއާޓަރުގައި އެ ހިދުމަތުން ލިބުނު ފައިދާ ވަނީ 47 މިލިއަން ދަށްވެ، 213 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.
މިއާއެކު އެ ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 546 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 728 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު