ތިން މަހަށްފަހު ވިއެޓްނާމުން ކޮވިޑް ކޭސްތައް ފެނި ގައުމު ކުއްލި ހާލަތަށް ގެންގޮސްފިއެވެ.
ވިއެޓްނާމުގެ މެދުތެރޭ އައްސޭރިފަށުގެ ރިސޯޓު ސިޓީއަކުން ކޮވިޑްގެ 30 ކޭސް ފެނުމާއެކު އެގައުމުގެ ސަރުކާރުން ވަނީ އެސަރަހައްދު ބަންދުކޮށް ލޮކްޑައުން ކޮށްފައެވެ.
ޑާ ނަންގް ނަމަކަށް ކިޔާ މި ރިސޯޓު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައިވާއިރު ޕޮޒިޓިވް ވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އޮފިޝަލުން ފަށައިފައިވާއިރު އެރިސޯޓަށް އެގައުމުގެ 80،000 އެއްހާ މީހުން ޗުއްޓީ ހޭދަކުރުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގޮސްފައިވާކަން ވަނީ ހާމަވެފައެވެ.
ވިއެޓްނާމްގެ ހެލްތު މިނިސްޓަރު ވަނީ އެގައުމުގެ އެކި ސިޓީތަކުން އާންމުންގެ ތެރެއިން 8 ކޭސް ފެނިފައިވާ ކަމަށާއި އާންމުންގެ ތެރޭގައި ފެތުރެމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.
ވިއެޓްނާމްގެ ހުރިހާ ސަރަހައްދުތަކެއްގެ ހޮސްޕިޓާތައްވެސް މިހާރުވަނީ ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކެއް އަޅައި ކުއްލި ހާލަތަކަށް ގެންގޮސްފައެވެ.
ވިއެޓްނާމުން މިހާތަނަށް ކޮވިޑްގެ 450 ކޭސް ފެނިފައިވާކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ