18 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ މިދިޔަ ހަފުތާގެ ތެރޭގައި ދީފައިވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.
މިދިޔަ ހަފްތާއި އެލްޖީއޭއިން ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް އާންމުކޮށްފައި ވާއިރު، އެލްޖީއޭއިން ބުނީ، ވުނަ މޮޑިއުލް މެދުވެރިކޮށް ރަށްރަށުގެ އާބާދީއާ ގުޅޭ މައުލޫމާތު މިދިޔަ ހަފްތާއި އެއްކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބޭނުމަށް ރަށްރަށުގެ ދަނޑުބިންތަކުގެ މައުލޫމާތާއި، ދަނޑުވެރިކަން އަދި ފަޅުގޮވާން ކުރުމަށް އެދިފައި ތިބި ފަރާތްތަކުގެ މައުލޫމާތުވެސް އެއްކުރެވިފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި 18 ކައުންސިލަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ އާއި އެކިއެކި ކަންކަމަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރުމުގެ 47 ހުއްދަ 28 ކައުންސިލަކަށް އިދާރީ ގޮތުން ދީފައިވާނެ ކަމަށް އެލްޖީއޭއިން ބުނެފައި ވެއެވެ.
- ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ މައުލޫމާތު އެއްކުރުމާއި، ބިން/ދަނޑުބިން ދޫކުރުން އަދި އެހެނިހެން ކަންކަން ކުރުމުގެ 46 ހުއްދަ 32 ކައުންސިލަކަށް އިދާރީ ގޮތުން ދިނުން.
- ހިޔާ ފްލެޓްތަކާއި ގުޅިގެން ކައުންސިލްތަކުން ފޮނުވަން ޖެހޭ ހާލުބަލާ ފޯމްތައް ނުފޮނުވައި ހުރި ކައުންސިލްތަކަށް ފޮނުވުމަށް އެންގުން.
- ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް ޒޯން 5 އާއި ގުޅިގެން ކައުންސިލްތަކުގެ ވޭސްޓް މެނޭޖްމަންޓް ބަޖެޓްގެ މައުލޫމާތު އެއްކުރުން.
- ކައުންސިލްތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ބަލައިގަތުން.
- 2021 ވަނަ އަހަރުގެ ވޯކްޕްލޭން އެކުލަވައިލުމަށް އޮތޯރިޓީގެ މުވައްޒަފުންނާއެކު ވޯކިން ސެޝަންތައް ޖުލައި 28 އަދި 29 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރީތައްވުން.
- ރަށު ފެންވަރުގައި ހިންގިދާނެ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ފާހަގަކުރުމާއި، ޕްރޮޖެކްޓްތަކަށް ފަންޑުކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުން،
- ކައުންސިލްތަކުން އެކުލަވާލާ މުނިސިޕަލް ގަވާއިދުތައް ތަންފީޒުކުރުމުގައި، އެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ ފަރާތްތަކުން އެ ގަވާއިދުތަކަށް އަމަލުކުރުމަށް އިއުތިރާޒްކުރާ ހާލަތުގައި ކައުންސިލްތަކުން ފުލުހުންގެ އެހީތެރިކަމަށް އެދުމާއި، ކައުންސިލުން އެފަދައިން އެހީތެރިކަމަށް އެދޭ ހާލަތުގައި ފުލުހުންގެ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން، އެކުލަވައިލަން ޖެހޭ ގަވާއިދު އެކުލަވައިލުމަށްޓަކައި ފުލުހުންނާ މަޝްވަރާކުރުން.
- މާލެއަތޮޅު އަތޮޅު ކައުންސިލުގެ އޮޑިޓް ރިޕޯޓާ ގުޅިގެން އޮތޯރިޓީގެ ބޯޑު ބައްދަލުވުމަށް ހުށަހަޅާން ޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ބޯޑަށް ފޮނުވުމާއި، ބޯޑުގެ ނިންމުމާ ގުޅިގެން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ތ. މަޑިފުށި ކައުންސިލުގެ އާ އިމާރާތްކުރާ ބިމާ ގުޅޭގޮތުން އޮތޯރިޓީގެ ބޯޑުގެ ނިންމުމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
- ޕީއެސްއައިޕީ ޕްރޮޖެކްތަކާ ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ސެޝަންއަށް މެޓީރިއަލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ޔޫއެންޑީޕީ ފަންޑު ބޭނުންކޮށްގެން މި އަހަރު ތެރޭގައި ކުރިއަށް ގެންދެވޭނޭ ޓްރެއިނިންތައް ފާހަގަ ކުރުމުގެ މަސައްކަތް ކުރުން.
- މިއަހަރުގެ 11 ވަނަ ބޯޑުބައްދަލުވުން ބޭއްވުމަށް ބޭނުންވާ ކަރުދާސްތައް ތައްޔާރުކުރުމާއި ބޯޑު ބައްދަލުވުން ކުރިޔަށް ގެންދިޔުން.
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ