މިފްކޯއިން ގިތެޔޮމިރުސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ "ހޮޓް ޗިލީ" މަސްދަޅެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
މިފްކޯއިން ބުނީ ފަސްމީރު ހޮޓްޕެކްގެ ނަމުގައި ބަންދުކޮށް ބާޒާރަށް ނެރެފައިވާ ދަޅުމަހުގެ ބާވަތްތަކަށް ގިތެޔޮމިރުހާއެކު ތެލުގައި ބަންދުކޮށްފައިވާ މަސްދަޅެއް ތައާރަފުކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މިރޭ 8:00 ގައި އޮންނަ އިވެންޓެއްގައި އާ މަސްދަޅު ތައާރަފުކުރުމަށް ވަނީ ނިންމައިފައެވެ.
މިފްކޯއިން ބުނީ މިފަހަރު ތައާރަފުކުރާ ގިތެޔޮމިރުހުގެ ހޮޓްޕެކްއަކީ ރާއްޖެއިން ލިބެންހުރި އެންމެ މީރު ކުޅިމިރުސް އަޅައިގެން ބަންދުކޮށްފައިވާ މަސްދަޅެއް ކަމަށެވެ.
ހޮޓްޕެކް މަސްދަޅުގެ ކުރިން ބާޒާރަށް ނެރުނު ދެ ބާވަތް ކަމުގައިވާ އަސޭމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ފެލިވަރުގައި ބަންދުކުރާ މިބާވަތުގެ މަސްދަޅު ތައްޔާރުކުރުމުގައި ކޮލިޓީ ރަނގަޅުކުރުމަށް ހޮޓްޕެކް ހެދުމަށް ބޭނުންވާ އިންގްރީޑިއަންޓް ހޯދަނީ ވަރަށްބޮޑަށް ބަލައި އަޖުމަބެލުމަށްފަހު ކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިފްކޯ އިން ބުނީ ފަސްމީރު ހޮޓްޕެކްގެ ބާވަތްތަކަކީ މަހުގެ ޑިޝްތައް ފަސޭހައިން އަދި އިތުރު މީރުރަހަތަކަކާއެކު ތައްޔާރުކޮށްލަން ބޭނުންކޮށްލެވޭ އުފެއްދުމެއް ކަަމަށެވެ. އެގޮތުން ސެލެޑާއި ނޫޑުލްސްއާއި ޕާން އަދި ރޮށްޓާއެކުވެސް ވަގުތުން ހޮޓްޕެކްމަސްދަޅު ކަނޑައިގެން ބޭނުންކޮށްލެވޭނެ ކަމަށެވެ.
ފަސްމީރު ހޮޓްޕެކްގެ މަސްދަޅުތަކަކީ ބާޒާރުގައި ހުރި މިބާވަތުގެ މަސްދަޅުތަކުގެ ތެރެއިން އެންމެ އަގުހެކޮށް ލިބެންހުރި މަސްދަޅު ބްރޭންޑެވެ.
އޭގެ އިތުރުން މިފްކޯގެ ތިން މަސްފިހާރައިގެ އިތުރުން ސައިޓްތަކުގައި ހުރި ފިހާރަތަކާއި އައިސްޕްލާންޓްތަކުންނާއި ހޮޓްޕެކް މަސްދަޅު ކޭސް ލިބެން ހުންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު