ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް"އިން އެން-95 ޕްރޮޓެކްޓިވް މާސްކާއި ހޭންޑް ސެނެޓައިޒާގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ.

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، ކުކުޅު ފިހާރައިން ވިއްކާ މާސްކަކީ ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި އާންމުކޮށް ބޭނުންކުރަން އެކަށީގެންވާ މާސްކެއްގެ ގޮތުގައި ސިއްހީ މާހިރުން ލަފާ ދީފައިވާ އެން-95 މާސްކެއް ކަމަށެވެ.

މީގެ އިތުރުން ނަޝާތު ވިދާޅުވީ، ސެނެޓައިޒާއާ މާސްކްގެ އަގު ހެޔޮކުރީ މާލޭ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އަނެއްކާވެސް އިތުރުވަމުންދާތީ، ސެނެޓައިޒާއާ މާސްކް ފަދަ އަސާސީ ސިއްހީ ސާމާނުގެ ބޭނުން އިތުރަށް ބޮޑުވެފައި ވުމުން ކަމަށެވެ.

ކުކުޅު ފިހާރައިން އެން-95 ޕްރޮޓެކްޓިވް މާސްކް މިހާރު ލިބެން ހުންނާނީ 49 ރުފިޔާ އަށެވެ. މީރުވަސް ދުވާ ސެނެޓައިޒާ 500 އެމްއެލް ފުޅިއެއް ވެސް މިހާރު ވިއްކަނީ 49 ރުފިޔާ އަށެވެ. އެއީ، ރާއްޖެއިން ލިބޭނެ އެންމެ ފެންވަރު ރަނގަޅު އަދި އަގުގެ ގޮތުން ބެލިޔަސް އެ ސެނެޓައިޒާއަކީ އަތްފޯރާ އަގެއްގައި ލިބޭނެ ސެނެޓައިޒާއެއް ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާއެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން އެތައް ވައްތަރެއްގެ ސާމާނު އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް ކުކުޅު ފިހާރައިން ބުނެ އެވެ. ކުކުޅު ފިހާރަ ޝޮޕިން މޯލަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ އެއް މޯލް އެވެ. އަދި މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ ފަރާތުން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

މާސްކާއި ސެނެޓައިޒާ ގަތުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް އަދި މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިން އަންނަނީ ބޮޑު އީދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަމުންނެވެ. "ބޮޑު އީދު ބޮޑު ހަދިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް އެ ފިހާރައިން ވިއްކާ ފިނިކުރި ހުރިހާ ބާވަތެއް ހިމެނޭ "ގިފްޓް ޕެކް" އެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ވެސް މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ކުކުޅު ފިހާރައިން އަންނަނީ އިތުރު ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެ ފިހާރައިން ގަންނަ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް އެއް ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި ގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ކުކުޅު ފިހާރަ އިން ވަނީ ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ތައާރަފު ކޮށްފަ އެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތްވާނެ ކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރައިން މިދިޔަ ހަފުތާގައި ވަނީ އއ. ތޮއްޑޫގައި އެ ފިހާރައިގެ ޝޯ ރޫމެއްވެސް ހުޅުވައިފަ އެވެ. އަދި މި މަސްތެރޭގައި އިތުރު ރަށްތަކުގައި އެ ތަނުގެ އައުޓްލެޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.