ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިން، އަހަރު ނިންމުން ފާހަގަކުރުމަށް ކުރިއަށްގެންދާ "އިޔާ އެންޑް ޕްރޮމޯޝަން"ގެ ހަ ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މިދިޔަ މަހުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ހަ ވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އިނާ އިހްނާއެވެ.
ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާ ކުރަން ޖެހޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހު ނަގާ ގުރުއަތަކުންނެވެ. އަދި ކޮންމެ ހަފުތާއެއްގެ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިންނަށް އިނާމަކަށް ދެނީ ގަސް އިންދުމަށް ބޭނުންވާ ސާމާނު ހިމެނޭ ގިފްޓް ޕެކެކެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރަ އިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެއެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުންނައިރު މިފަހުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން މީގެ ކުރިން ބުނެފައިވެއެވެ.
ކުކުޅު ފިހާރައިގެ ތިން އައުޓްލެޓެއް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފައެވެ.
ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ފިހާރައިގެ އަޒުމަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު