ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިން، އަހަރު ނިންމުން ފާހަގަކުރުމަށް ކުރިއަށްގެންދާ "އިޔާ އެންޑް ޕްރޮމޯޝަން"ގެ ހަތް ވަނަ ހަފުތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މިދިޔަ މަހުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ހަތް ވަނަ ހަފުތާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ޒާހިދާ އެވެ.
ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާ ކުރަން ޖެހޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހު ނަގާ ގުރުއަތަކުންނެވެ. އަދި ކޮންމެ ހަފުތާއެއްގެ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިންނަށް އިނާމަކަށް ދެނީ ގަސް އިންދުމަށް ބޭނުންވާ ސާމާނު ހިމެނޭ ގިފްޓް ޕެކެކެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރަ އިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެއެވެ.
އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުންނައިރު މިފަހުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ތައާރަފު ކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން މީގެ ކުރިން ބުނެފައިވެ އެވެ.
ކުކުޅު ފިހާރައިގެ ތިން އައުޓްލެޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.
ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓްތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފިހާރައިގެ އަޒުމަކީ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.
ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމުން ލިބޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު