ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އިތުރު މަންޒިލްތަކަކާ ގުޅައިލަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސްރީލަންކަން އިން ކުރި ޓުވީޓެއްގައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަފުތާގެ ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށެވެ،
މީގެ އިތުރުން އަންނަ މަހު އެކަކުން ފެށިގެން ލަންޑަނާއި ފްރޭންކްފާޓްއާއި ޕެރިސް އަދި މިލާންއާ ރާއްޖެ ގުޅައިލުމަށް ނިންމާފައިވާ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.
މިމަހު 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ސްރީލަންކަން އިން ވަނީ ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ބާއްވަން ފަށައިފައެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައީ ދުވާލަކު ތިން ދަތުރެވެ.
ސްރީލަންކަން އެއާލައިންސް އިން ދަތުރުތައް ރާއްޖެއަށް ފެށި ނަމަވެސް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެ އެއާލައިންސް އިން ކުރަމުން އަންނަ ދަތުރުތައް އަދި ނުފަށައެވެ. އަދި ކެތޭ ޕެސިފިކްގެ ދަތުރުތައް ވެސް އަދި ފަށައިފައެއް ނުވެއެވެ.
ސްރީލަންކަން އެއާލައިންސް އިން ވަނީ ޔޫރަޕާއި މެދުއިރުމަތި އަދި އިރުމަތީ އޭޝިއާގެ ގައުމުތަކާ ރާއްޖެ ގުޅާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު