ގެވެށި އަނިޔާއާއި ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް ޖެންޑާ މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހު "ގެވެށި ގުޅުން"ގެ ނަމުގައި ލޯންޗުކުރި ކެމްޕޭން، މ. އަތޮޅުގައި ފަށައިފިއެވެ.
"ގެވެށި ގުޅުން" ކެމްޕޭނުގެ ޝިއާރަކީ "އަނިޔާއަކަށް ވަންޏާ ހަނު ނުހުންނާނަން!" މިއެވެ. މި ކެމްޕޭނަކީ ތިން މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، "ގެވެށި ގުޅުން" ކެމްޕޭނުގެ ހަރަކާތްތައް މ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ. އެގޮތުން އެ އަތޮޅު މުލަކުގައި ފެށި ވޮލީ މުބާރާތުގެ ބައިވެރިން އެ ކެމްޕޭނަށް އަހުލުވެރިކުރުވުމަށް ހާއްސަ ސެސަންތަކެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ޖެންޑާއިން ބުނެއެވެ. އަދި އެ މުބާރާތުގައި ބައިވެރިވި ޓީމުތަކުން "ގެވެށި ގުޅުން" ކެމްޕޭނަށް ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ގެވެށި ގުޅުން ކެމްޕޭނުގެ މަގުސަދަކީ ޖިންސީ ގޯނާއާއި ފުރައްސާރައިގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވައި އެކަންކަމާ މެދު އާންމުން ހޭލުންތެރިކުރުވައި އެވާހަކަތައް ދައްކާނެ ޕްލެޓްފޯމެއް ގާއިމުކޮށްދިނުން ކަމަށް އެ ކެމްޕޭން ލޯންޗު ކުރި ރައްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު