އިންޑިއާގައި އައިފޯން 11 އުފައްދަން ފަށައިފިއެވެ.
އައިފޯން 11 އިންޑިއާގައި އެސެމްބަލް ކުރާނީ އެގައުމުގެ ފޮކްސްކޮން ގެ ޗެންނާއީގައި ހުންނަ ޕްލާންޓުންނެވެ.
އިންޑިއާގެ ކޮމިއުނިކޭޝަންސް އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރަވީ ސަންކަރް ޕްރަޝާދް ވެސް ވަނީ މިކަން ފާހަގަކުރައްވައި ޓުވީޓް ކުރައްވައިފައެވެ.
މިއީ އިންޑިއާގައި އައިފޯން އެސެމްބަލް ކުރާ ފުރަތަމަ ފަަހަރެވެ. މިކަމުގެ ސަބަބުން އިންޑިއާގެ އިގުތިސާދަށް ބޮޑު ފައިދާއެއް ވެގެން ދާނެކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. ހާއްސަކޮށް އިންޑިއާގައި އައިފޯން 11 ގެ އަގު ދަށްވެގެން ދާނެކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އިންޑިއާއަށް ބޭރުން ގެންނަ ފޯނުތަކަށް 20 ޕަސެންޓުގެ ޓެކުހެއް ނަގާއިރު އެގައުމުގައި އުފައްދާ އައިފޯނުން މި ޓެކްސް ނުނެގުމަކީ އިންޑިއާގައި އައިފޯންގެ ޑިމާންޑު ބޮޑުވެގެން ދާނެ ކަމެކެވެ.
އައިފޯން 11 އިންޑިއާގައި އުފައްދައި ވިއްކަން ފަށާނެކަމަށް ބެލެވެނީ 63،900 ރުޕީސް އަށެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ