ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު އަށް ފިލްމީ ތަރިޔަކު ބޮލީވުޑަށް ތައާރަފު ކޮށް އިންޑަސްޓްރީގައި ކެރިއަރު ފަށައިދިނުމުގެ ބާރު އޮތް ނަމަވެސް އޭނާއަށް ފަންނާނެއްގެ ފިލްމީ ކެރިއަރު ހާލުކުކޮށް ނުލެވޭނެ ކަމަށް މަޝްހޫރު ޑައިރެކްޓަރު އަނުރާގު ކަޝްޔަޕު ބުނެފިއެވެ.
އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި އަނުރާގު ބުނީ، މީހަކު މަޝްހޫރު ތަރިޔަކަށް ހެދުމާއި ނުހެދުމުގެ ބާރު އޮތީ އާއްމުންގެ އަތުގައި ކަމަށެވެ. މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރަށް އެކްޓަރެއްގެ ކެރިއަރު ހާލުކުކޮށްލެވޭނެތޯ ސުވާލު ކުރުމުން އަނުރާގު ބުނީ މިހާރު ޒަމާން ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކަރަން އަށް ފިލްމީ ދާއިރާއަށް މީހަކު ތައާރަފު ކުރުމުގެ ބާރު އޮތްނަމަވެސް، އެމީހެއްގެ ކެރިއަރު ހާލުކުކޮށްލުމުގެ ބާރެއް ނެތް ކަމަށެވެ.
ނެޕްޓިޒަމްއާއި ގުޅޭގޮތުން ވާހަކަދައްކަމުން އަނުރާގު ބުނީ، މިހާރު ނެޕްޓިޒަމްއާ ގުޅޭ ވާހަކަތައް ދައްކަން މާ ލަސްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު މަޝްހޫރު އާއިލާތަކަށް ނިސްބަތް ނުވާ ފަންނާނުންނަށް ކުރިން ލިބުނު ވަރަށް ވުރެ މާ ބޮޑަށް ފުރުސަތު ލިބޭ ކަމަށް އަނުރާގު ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން