އޮޕަރޭޝަނަށް ފަހު ސައުދީ ރަސްގެފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ސައުދީ ޕްރެސް އެޖެންސީ އިން ރިޕޯޓު ކޮށްފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ވަނީ ފިތް (ގޯލްބްލެޑާ) ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ކުރައްވައިފައެވެ.
ލެޕްރޯސްކޯޕިކް ބޭނުންކޮށްގެން ކޮށްފައިވާ އޮޕަރޭޝަން ކޮށްފައިވަނީ ރިޔާދުގައި ހުންނަ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގައެވެ.
އޮޕަރޭޝަނަށްފަހު ރަސްގެފާނުގެ ހާއްސަ މެޑިކަލް ޓީމުގެ ލަފާގެމަތިން ރަސްގެފާނު މިހާރު އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
ސަލްމާން ރަސްގެފާނު ވަނީ ހޮސްޕިޓަލުގައި އޮންނަވައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހާއްސަ ކެބިނެޓް މީޓިންއެއް ވެސް ބާއްވަވައިފައެވެ. އަދި ރަސްގެފާނުގެ ހާލުކޮޅު ބެއްލެވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ