އެމްޑަބްލިޔުއެސްސީން ޅ. ކުރެންދޫގައި ގާއިމުކުރަމުން އަންނަ ނަރުދަމާ ނިޒާމުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މި މަޝްރޫއުގެ ދަށުން އެރަށުގެ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކް ގާއިމުކޮށް 366 ގެއެއްގައި ޖަންކްޝަން ބަހައްޓައި، އެގެތަކަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 6,000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކާއި 720 މީޓަރުގެ ޕަންޕިން ލައިނެއް ގާއިމުކޮށްފައިވާ ކަމަށާއި މީގެ އިތުރުން ދެ ޕަންޕިން އައުޓް ފޯލް އަދި އިދާރީ ބިލްޑިންއެއް ވެސް ގާއިމުކޮށްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ކުރެންދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައިވަނި 20 ސެޕްޓެމްބަރު 2018 ގައެވެ. މި މަޝްރޫއަށް ޖުމްލަ 29.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު