ކޯވިޑް 19 އާއި ގުޅޭ ކަންކަމުގައި ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެނީ މަޝްހޫރު ބަތަލު ސޯނޫ ސޫދްއެވެ. އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ ވެސް ވަނީ ސޯނޫ މުޖުތަމައުއަށް ޓަކައި ވެދެމުން އަންނަ އެހީއަށް ސެލިއުޓް ކޮށްފައެވެ.
ކިރިގިސްތާނުގައި ތިބި އިންޑިއާގެ ދަރިވަރުން އަނބުރާ ގެނައުމަށް ސޯނޫގެ އެހީގައި ޗާޓަރު ފްލައިޓްތަކެއް ހަމަޖެއްސި ކަމުގެ އުފާވެރި ހަބަރުދިނީ މީގެ ދެދުވަސް ކުރިންނެވެ. ކުރިން މިމަހުގެ 22 ގައި ކުދިން ބަލައި ކިރިގިސްތާނަށް ދާން ހަމަޖެހިފައި އޮތް އެ ފްލައިޓް މޫސުން ގޯސްވުމުގެ ސަބަބުން މިމަހުގެ 23 ގައި ދިއުމަށް ހަމަޖެހިފައިކަން ސޯނޫ ވަނީ ޓުވީޓަކުން އަންގައިފައެވެ.
ޗާޓަރު ފުލައިޓް ލަސްވިވާހަކަ އެންގުމަށް ސޯނޫ ކުރި ޓުވީޓަށް ޖަވާބު ދެމުން ކަޕިލް ބުނީ، މިދަނޑިވަޅުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ސޯނޫ ކުރަމުން އަންނަ މަސައްކަތަށް ދެތިން ޖުމުލައަކުން ތައުރީފު ނުކުރެވޭނެ ކަމަށެވެ. ކަޕިލް އިތުރަށް ބުނީ ސޯނޫ ގިނަ ފިލްމުތަކުގައި ނުބައިބައި ކުޅޭ މީހެއްގެ ގޮތުގައި ފެނުނު ނަމަވެސް، ފިލްމީ ދުނިޔެއިން ބޭރުގައި ސޯނޫ އަކީ ހަގީގީ ހީރޯއެއް ކަމަށެވެ.
ސޯނޫ ވަނީ މީގެ ކުރިން ކޯވިޑް 19 އާއި ގުޅިގެން ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ އެއާއިލާތަކުގެ ކުދިންނަށް ތައުލީމް ހާސިލްކުރެވޭނެ މަގުވެސް ފަހިކޮށްދީފައެވެ. މީގެ އިތުރުން ސޯނޫ ވަނީ މުމްބާއީ ފުލުހުންނަށް 25000 ފޭސް ޝީލްޑްވެސް ހަދިޔާކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން