އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފްލައިޓުގައި އަލިފާން ރޯވެފައިވަނީ ޝަންހާއީގެ ޕޫޑޮން އެއާޕޯޓުގައި ކާގޯ ބަރުކުރަމުން ދިޔަވަގުތުގައިކަމަށް އެ އެއާލައިނުން ބުނެއެވެ.
ބޯއިން 777 މަރުކާގެ މި ފްލައިޓަކީ ޝަންހާއީން ސައުޕޯލޯ އަދި ސަންޓިއާގޯ އަށް ދަތުރުކުރުމަށް ތައްޔާރުވެފައި އޮތް ފްލައިޓެކެވެ.
މީސްމީޑިއާގައި ދައުރުވަމުން ދާ ފޮޓޯތަކާއި ވީޑިއޯ ތަކުން ފެންނަނީ ފްލައިޓުގައި އަލިފާން ރޯވެ ބޯޓުން ދުން އަރާ މަންޒަރުތަކެވެ.
އެއެއާލައިނުން ވަނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާކަން ކަށަވަރުކޮށްދީފައެވެ. އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާއިރު އަދި މިހާތަނަށް އަލިފާން ރޯވި ސަބަބު ހޯދިފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ